Last Updated: June 6, 19:23
Saturday, June 6, 2026
މުނިފޫހިފިލުވުން

އިއްލެގެ "ޕާޓީ" އަށް ތައްޔާރު ވަނީ

ރާއްޖޭގެ މިހާރުގެ އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިލްޔާސް ވަހީދު (އިއްލެ) "ޕާޓީ" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

މީގެ ޓައިޓްލް ލޯގޯ ވެސް ރޭ ވަނީ އާންމުކޮށްފަ އެެވެ.

އޭގައި ބުނީ "ޕާޓީ" އަކީ ދިވެހި މުޖުތަމައުގެ ތެރޭގައި މިހާރު ހުރި މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭނެ އެެއްޗެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އައި ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަން އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ އޮގަސްޓްގައި އެޅުވި ރޮމޭންޓިކް ތުރިލާ "ލޯބިން" އެވެ. އައި ފިލްމްސް އަށް މި އަހަރު 7 އަހަރުވެފައިވާ އެ ސްޓޫޑިއޯ އިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ބަވަތި"، "ނީނާ" އަދި "ކަންބަޅި" ހިމެނެ އެވެ.