Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޕާސްޕޯޓްގެ މުއްދަތު ހަމަވާކަން އަންގަން ނޮޓިފިކޭޝަނެއް

ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ހަ މަސްކުރިން، އެ ފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށް ދިނުމަށް މެސެޖެއް ފޮނުވާ ގޮތަށް ހަދަން ނިންމައިފި އެވެ.

އިއްޔެ ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސް ކޮންފަރެންސްގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީޙް ވިދާޅުވީ ރިމައިންޑަރ މެސްޖް ލިބެން ފަށާނީ މަހުން މަހުން ފެށިގެން ކަމަށެވެ. އަދއި އެ މެސެޖާ އެކު ޕާސްޕޯޓު އާކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކު ވެސް އެ ފަރާތެއްގެ ފޯނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ޕާސްޕޯޓުގެ މުއްދަތު އޮންނަނީ ފަސް އަހަރަށް. އެކަމަށް ވެސް ޖެނުއަރީ މަހުގައި ހައްލެއް މި ގެންނަނީ،" ފަސީހު ވިދާޅުވި އެވެ. "ޖެނުއަރީން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއް ދާނެ މުއްދަތު ހަމަވަނީ އޭ، ހަ މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ."

އޭނަ ވިދާޅުވީ މީގެ އިތުރުން، މާލެ ސަރަހައްދުުގައި 250،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އެ ފަރާތްތަކަށް ލުއި ފަސޭހަކޮށް ޚިދުމަތް ދިނުމަށްޓަކައި އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.

މުޅި ރާއްޖެ އަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުރިހާ އަތޮޅެއްގައި ހިދުމަތް ވަނީ ތައާރަފުކޮށްފަ އެވެ.