މީގެ ހަ ދުވަސް ކުރިން އެމެރިކާގެ ރޯޑް އަައިލޭންޑްގެ ބްރައުން ޔުނިވަސިޓީ އަށް ހަމަލާ ދިން ދަރިވަރުންތަކެއް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަމުން ދަނިކޮށް އޭނަ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެއީ އުމުރުން 48 އަހަރުގެ ކްލައުޑިއޯ ނީވްސް ވެލެންޓީ ކިޔާ މީހެއް ކަމަށެވެ. އޭނަ ހޯދަން ފުލުހުން ބޮޑު އޮޕަރޭޝެއް ހިންގަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ނިއު ހެމްޝަޔާގެ ގުދަން ފެސިލިޓީއެއްގެ ތެރެއިންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ބްރައުން ޔުނިވަސިޓީ އަށް ވަދެ ބަޑިން ދިން ހަމަލާތަކެއްގައި ދެ ދަރިވަރަކު މަރާލައި، އިތުރު 9 މީހަކު ޒަހަމްކުރި މީހާ އަކީ އަކީ ޕޯޗްގަލް އަށް ނިސްބަތްވާ މީހެކެވެ. އަދި އޭނަ އަކީ މީގެ 25 އަހަރު ކުރިން އެ ޔުނިވަސިޓީގައި ތައުލީމު ވެސް ހާސިލުކުރި މީހެކެވެ.
އެތަނުގައި އޭނަ ފިޒިކްސް އިން ޕީއެޗްޑީ އަށް ކިޔަވާފައިވެ އެވެ.

ފުލުހުން ބުނީ ބްރައުން ޔުނިވަސިޓީގައި މި މަހުގެ 13 ވަނަ ދުވަހު ހަމަލާ ދިންތާ ދެ ދުވަސް ފަހުން މެސެޗޫސެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕްރޮފެސެރަކަށް ވެސް ވެލެންޓީ ހަމަލާދީ މަރާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނަ މަރުވެފައި އޮއްވައި ފެނުނު އިރު ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރާފައި ހުރި ކަމަށާއި އޭނަ މަރުވީ އަމިއްލަ އަށް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.