Last Updated: July 8, 19:21
Wednesday, July 8, 2026
ޚަބަރު

މާފުށީގައި މިރޭ ހަވާ އަރުވަނީ

ހިތަދޫ ސިޓީ ސްކޮޔަރ ސަރަހައްދުގައި ހަވާ އަރުވަނީ / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ކ. މާފުށީގައި މިރޭ ހަވާ އެރުވުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާފުށީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 21:30ގައި ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތީން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.