Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން ބަޔަކު ހޯދަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލްނުކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ 125387.81 އަކަފޫޓުގެ ބިމެއްގަ ވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލްއަށެވެ. ނަމަވެސް، އެހެން މޮޑެލްތަކުގެ ދަށުން މަޝްރޫއު ހިންގަން ވެސް އީއައިއޯ ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި މަޝްރޫއު ހިންގަން އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އީއައިއޯ ހުށަހަޅައިފި ނަމަ، ކުރިއަށް ދާނީ އެޗްޑީސީގެ މާސްޓާ ޕްލޭނާއި ތަސައްވުރާ އެންމެ އެއްގޮތް އީއައިއޯއަކާ އެކީގަ އެވެ.