Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

މޯލްޑިވިއަނުން އޮސްޓްރޭލިއާ އަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަނުން އޮސްޓްރޭލިއާ އަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ މާލެ އާއި މެލްބަންއާ ދެމެދު ކުރާ ދަތުރުތައް ފަށާނީ އަންނަ މަހުގެ 17 އިން ފެށިގެން ކަމަށެވެ.

މި ދަތުރުތަކުގެ މޯލްޑިވިއަން ޕާޓްނަރަކީ "ލަގްޒަރީ އެސްކޭޕްސް" އެވެ. މީ އޮސްޓްރޭލިއާއިން ރާއްޖެ އަންނަ އެންމެ ގިނަ ފަތުރުވެރިން ގެންނަ ކުންފުންޏެވެ.

އޮސްޓްރޭލިއާ އަށް ދަތުރުތައް ފަށަން ގައުމީ އެއާލައިނުން ނިންމި ނަމަވެސް ޓީކެޓްގެ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ އިންޑިއާ އާއި ޗައިނާއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

މި އަހަރުގެ ކުރީކޮޅު މޯލްޑިވިއަނަށް ވައިޑް ބޮޑީ ބޯޓެއް ގެނެސް އެ އެއާލައިންގެ އޮޕަރޭޝަންތައް ރާއްޖެ އިން ބޭރަށް ފުޅާކުރަން އަންނަނީ މަސައްކަތް ކުރަމުމުންނެވެ. އެގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކާއި ދެކުނު އެފްރިކާ އަދި ދެކުނ ކޮރެއާ އަށް ދަރުތުތައް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކުެ ދަށުން އޭޖެންޓުން ހޯދަން އިއުލާންކޮށްފައިވެ އެވެ.