Last Updated: July 8, 19:04
Wednesday, July 8, 2026
ޚަބަރު

އޮޔާދިޔަ ދޯންޏަކުން 10 މީހުން ސަލާމަތްކޮށްފި

ފުވައްމުލަކު ދޯންޏެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލަށް ސިޓީން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު މިއަދުގެ 15:50 ހާއިރު ލިބުނު ކަމަށެވެ.

އެކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީގެ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗްގައި ފުވައްމުލަކަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ކުޑަކުއްޖެކެވެ. ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އަދި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މީހަރު ވަނީ ފުވައްމުލަކަށް ގެނެސްފަ އެވެ.