Last Updated: July 8, 19:04
Wednesday, July 8, 2026
ޚަބަރު

އެއް މިލިއަން ގަސް އިންދައިފި

ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އެއް މިލިއަން ގަސް އިންދައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ޖޫން 1 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވި މަޝްރޫއެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ރާއްޖޭގައި 1 މިލިއަން ގަސް އިންދައި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް މިހާރު ވަނީ އިންދައިފަ އެވެ. އަދި ރިސޯޓްތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރިސޯޓްތަކުން ވެސް 1.4 މިލިއަން ގަސް އިންދަން ވަނީ ރާވާފަ އެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް ބޭނުންވާ ގަސް ހައްދަން ލ. ގަމުގައި ޚާއްސަ ދެ ނާސަރީ ތަރައްޤީކުރުމަށް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ. މި މަސައްކަތުގެ ދަށުން ގަމުގައި 20،000 އަކަފޫޓުގެ ނާސަރީއަކާއި 100،000 އަކަފޫޓުގެ ނާސަރީއެއް ހަދަން ހަމަޖެހިފައިވެ އެވެ.

އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55،000 އަކަފޫޓުގެ ނާސަރީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ގަސް އިންދުމުގެ މަޝްރޫއުގައި ކައުންސިލްތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކާއު ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެމްބަސީތަކުން ވެސް ހިއްސާވެ އެވެ.