ގިނަ ރަހަތަކެއް އެކުލެވޭ ގޮތަށް އާމިރު ޚާން ޕްރޮޑިއުސްކޮށް އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ޑާކް ކޮމެޑީ "ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އާމިރުގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭ މި ފިލްމަކީ އެކްޓަރު/ސްޑޭންޑަޕް ކޮމީޑިއަން ވީރް ދާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ހެޕީ ޕަޓޭލް" ގެ ޓައިޓްލް ރޯލު ވެސް އޭނަ ކުޅެފައިވާ އިރު، މި ފިލްމުގެ ކާސްޓްގައި މޯނާ ސިންގް، މިތިލާ ޕަލްކަރް އަދި އަމިތު ބަންޑާރީ ފަދަ ފަންނާނުން ހިމެނެ އެވެ.
އަދި މީގެ ވަރަށް ހާއްސަ ފެނިލުމަކުން ކުރީގެ އެކްޓަރު އިމްރާން ޚާން ވެސް ފެންނާނެ އެވެ. އާމިރަށް ބޮޑުބޭބެ ކިޔާ އިމްރާންގެ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ޑައިރެކްޓަރު ނިކިލް އަދުވާނީގެ 2015 ގެ "ކައްޓީ ބައްޓީ" އެވެ. ފާހަގަކޮށްލެވޭ ކަމަކީ ވީރްގެ އަކަތު ފީޗާ ޑައިރެކްޝަންގެ ހާއްސަ ރޯލަކުން އިމްރާން ފެނިގެންދާ އިރު، މި ދެ މީހުން އެކީގައި ކުރިން ޑައިރެކްޓަރު އަނިބޭ ޑިއޯގެ 2011 ގެ "ދިއްލީ ބެލީ" ގައި މަސައްކަތްކޮށްފައިވާ ކަމެވެ.
"ހެޕީ ޕަޓޭލް" ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ.