Last Updated: June 6, 19:23
Saturday, June 6, 2026
ދުނިޔެ

މަސްތުވާތަކެތި ދީ އަނބިމީހާ ރޭޕްކުރި މީހަކު ޖަލަށް

އަހަރުތަކެއް ވަންދެން އަނބިމީހާ އަށް މަސްތުވާތަކެތި ދީ އޭނަ ރޭޕްކޮށް، އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ އަށް އަހަރާއިގެ ބައިގެ މުއްދަތަށް ޖަލަށް ލާން ޖަރުމަންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އިއްޔެ އެ ހުކުމްކޮށްފައި ވަނީ "ފާނަންޑޯ ޕީ" ކިޔާ މީހެއްގެ މައްޗަށެވެ. އޭނަގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ ބޮޑު ބައި ކުރިއަށް ގެންގޮސްފައި ވަނީ އަންހެން މީހާގެ ރައްކާތެރިކަމަށްޓަކައި ސިއްރުންނެވެ.

އުމުރުން 61 އަހަރުގެ އެ ފިރިހެން މީހާ އަކީ ސްޕެއިނަށް ނިސްބަތްވާ މީހެކެވެ.

ޖަރުމަންގެ އާހަސަން ސިޓީގައި ދިރިއުޅެމުން އައި ގޭގައި އަންހެނުންނަށް މަސްތުވާތަކެތި ދީ އޭނަ ރޭޕްކޮށް، އެ މަންޒަރުތައް ރެކޯޑްކޮށް، އޮންލައިންކޮށް އާންމުކުރުމުގެ ޖަރީމާ ފިރިހެން މީހާ ހިންގާފައި ވަނީ 2018-2024 އާ ދެމެދު އެވެ.