ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ސައިކަލުތައް އެތެރެކޮށް ވިއްކަމުން އަންނަ ޝީޝާ އިން ކުރިއަށް ގެންދާ "ޝީޝާ އަތޮޅު ތެރެއަށް" ގެ އާ އެޑިޝަން މިއަދު އައްޑޫ ހުޅުމީދޫގައި ފަށައިފި އެވެ.
މި ހަރަކާތް ފެށީ ހެނދުނު 9:00 ގަ އެވެ. އެއީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގަ އެވެ. ސީނު އެޑިޝަން ހަވީރު 6:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
"ޝީޝާ އަތޮޅު ތެރެއަށް" ސީނު އެޑިޝަންގައި ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ސައިކަލްތަކުން ހާއްސަ އޮފާތަކެއް ދިނުމާއިސައިކަލްތައް ސާވިސްކޮށް ދިނުމާއި ސްޕެއާތަކާއި އެ ކުންފުނިން ވިއްކާ ކެމިކަލް ގާއިސްގެ އުފެއްދުންތައް ގަތުމުގެ ފުރުސަތު ހިމެނެ އެވެ.

އައްޑު އަކީ ޝީޝާގެ ސޭލްސް ސެންޓަރެއް ވެސް ހުންނަ ސިޓީއެކެވެ. އެތަން ހުންނަނީ ހިތަދޫގަ އެވެ.
ޝީޝާ އިން ބުނި ގޮތުގައި "އަތޮޅު ތެރެއަށް" ގެ ބޭނުމަކީ އެންމެ ފުރިހަމަ އަދި އިތުބާރު ކުރެވޭ ސައިކަލު ސޮލިއުޝަންތައް ނުލިބޭ ރަށްތަކާއި ސީދާ ގުޅުން ބަދަހިކޮށް ހިދުމަތްތައް ގާތުން ހޯދޭނެ މަގުފަހިކޮށް ދިނުމެވެ.
"ޝީޝާ އަތޮޅު ތެރެއަށް" ގެ ފުރަތަމަ އެޑިޝަން ބޭއްވީ މި އަހަރުގެ ޖުލައި 17-21 އަށް އއ. އަތޮޅުގަ އެވެ. އެގޮތުން އުކުޅަހާއި ރަސްދޫގައި އަދި ތޮއްޑޫގައި ހިދުމަތްތައް ދީފައިވެ އެވެ.