އައްޑޫގައި މިހާރު ތަރައްގީ ކުރަމުން އަންނަ ފަތުރުވެރިކަމުގެ އާ ކޮންސެޕްޓް، މާކެޓް ކުރުމަށް ރާއްޖޭގެ މަތީފަންތީގެ ރިސޯޓްތަކުން ބޭނުންކުރާ "ސްލޯ ލައިފް" ނުވަތަ "ސަނީސައިޑް އޮފް ލައިފް" ފަދަ ޓެގްލައިންތަކާ ނުގުޅިދާނެއެވެ. އެހެނީ އެ އިބާރާތްތަކަކީ 'ވަން އައިލޭންޑް ވަން ހޮޓެލް' މާކެޓް ކުރުމަށް ބޭނުންކުރާ ބަސްތަކެވެ. އައްޑޫގެ ކޮންސެޕްޓް ބިނާވެފައިވަނީ އަތޮޅުގެ މާހައުލާއި ގުދުރަތީ ރީތިކަމާއި، ގެސްޓްހައުސް ޓޫރިޒަމްގެ އިތުރުން، މެދުފަންތީގެ މެހެމާންދާރީގެ މައްޗަށެވެ.
ޑރ. ޙަސަން ސަޢީދުގެ އިސްނެންގެވުމާ އެކު ފެށުނު "ފޭދޫ ގެސްޓްހައުސް" މަޝްރޫޢު މިހާރު އަންނަނީ ތަރައްޤީ ކުރުމުގެ މަރުހަލާގައި ކުރިއަށެވެ. މި މަޝްރޫޢު އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވޭނެ ކަމަށް އުންމީދު ކުރެވެ އެވެ.
މޮ މަޝްރޫޢު ފެށިގެން އައީ، ރާއްޖޭގައި މިހާރު ފުޅާވެފައިވާ ލަގްޒަރީ ފަތުރުވެރިކަމުގެ އިތުރުން، އާ ބްރޭންޑްތަކަކަށް އޮތް ބޭނުންތެރިކަން ދެނެގަނެވުމުންނެވެ. އެހެންކަމުން، މި މަޝްރޫޢުން ފަތުރުވެރިންނަށް ބޭނުންތެރި މުހިންމު ތަޖުރިބާތަކާއި، ރަށްފުށުގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ގޮތަށް، ރަށުގެ ރައްޔިތުންނާ ފުންކޮށް ގުޅިފައިވާ މެދު ފަންތީގެ ފަތުރުވެރިކަމުގެ މުޅިން އާ ކޮންސެޕްޓެއް ތަޢާރަފު ކުރާނެ އެވެ.
ފޭދޫ ގެސްޓްހައުސްތަކަކީ ހަމައެކަނި ފަތުރުވެރިން ބޭތިއްބުމަށް ބިނާކުރެވޭ ތަންތަނެއް ނޫނެވެ. އެއީ ފަލްސަފާއެކެވެ.

ފަތުރުވެރިންނަށް އެތަނުން ދަޢުވަތު ލިބިގެންދާނީ، އާދައިގެ ފަތުރުވެރިކަމާއި ގުޅިފައިވާ ކަންކަމުގެ އިތުރަށް، ރަށުގެ ސަގާފަތާއި، ތާރީޚާއި، އާދަތަކުގެ ތެރެއަށް ފީނުމަށެވެ. މުޅި ކޮންސެޕްޓް ބިނާކުރެވިފައިވަނީ، ރަށުގެ ޚާއްސަ ސިފަތަކާއި، ރަށަށް ނިސްބަތްވާ ރައްޔިތުންގެ އަގުހުރި ދިރިއުޅުން ފާހަގަކުރުމަށެވެ. އާންމުކޮށް ރާއްޖޭގެ ފަޚުރުވެރި ލަގްޒަރީ ރިސޯޓުތަކުން ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތަކަށްވުރެ ތަފާތުގޮތަކަށް، މި ގެސްޓްހައުސްތަކުން ދިވެހިގެ ދިރިއުޅުން ތަޖުރިބާކުރުމުގެ މުހިންމު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
ޑައިވިން ކުރުމާއި، ކެނޯ ދުއްވުމާއި، މޫދަށް އެރުމުގެ އިތުރުން، އިރުއޮއްސޭ ވަގުތު ރަށުގެ ކޯސްޓްލައިންގައި ބައިސިކަލް ދުއްވުމާއި، އަދި ކަނޑުގިރިތަކުގެ ތެރެއިން ކަޔަކް ދުއްވުން ފަދަ ހަރަކާތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެއެވެ. ކައިރީ ޖެހިންއޮންނަ ސަވާހިލީގައި ހަދާފައިވާ ބީޗް ކްލަބްތަކާއި، އިރުއޮއްސޭ ވަގުތު ބާއްވާ ކޮކްޓެއިލް ޕާޓީތަކާއި، މޫންލައިޓް ޑީޖޭ ހަރަކާތްތަކާއި، ހިތްފަސޭހަ ގޮނޑުދޮށުގައި ބާއްވާ ރޮމޭންޓިކް ޑިނަރތަކުން ހަޔާތަށް ދެމިހުންނާނެ ހަނދާންތައް އުފެއްދޭނެ އެވެ.
ރަށުގެ ރައްޔިތުން ތައްޔާރުކުރާ އަސްލު ދިވެހި ކެއުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ގަސްގަހާގެހިން މުއްސަނދިވެފައިވާ ރީތި ޖަންގަލިތަކާއި ކުޅިފަދަ ތަންތަން ބެލުމުގެ ފުރުސަތުތަކާއި ކަނޑޫފާތަކާއި އަތޮޅުގެ އައްސޭރި ފަށުގައި ބައިސްކަލް ދުއްވުމާއި، އަސްލު މަސްވެރިކަމުގެ ތަޖުރިބާކުރުމުގެ ފުރުސަތު ވެސް މިއިން ލިބިގެން ދާނެ އެވެ. އައްޑު އަކީ އެތާނގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަރަޙައްދުތަކުގެ ސަބަބުން، ޖަނަވާރުތައް ދިރިއުޅޭ ސަރަޙައްދުތަކާއި، ފެންގަނޑު ހެދިފައިވާ ސަރަޙައްދުތަކާއި، އަދި ސަގާފީ ދަތުރުތައް ކުރުމަށް ރާއްޖޭގައި އެންމެ އެކަށީގެންވާ އެއް ތަނެކެވެ. މިފަދަ ތަޖުރިބާތަކަކީ، އާދައިގެ ފަޚުރުވެރި ރިސޯޓު ރަށްތަކުން ލިބެންނުހުންނަ ޚާއްސަ ކަންތައްތަކެވެ.
މި ގެސްޓްހައުސްތައް ބިނާކުރުމުގެ އަސްލު މަޤްސަދަކީ، ފަތުރުވެރިކަމަކީ ހަމައެކަނި ގެސްޓްހައުސްތަކުގެ ވެރިންގެ ފައިދާ އިތުރުކުރުމުގެ ބަދަލުގައި، ސަރަޙައްދުގެ ރައްޔިތުންނަށް ވެސް ފުޅާ ދާއިރާއެއްގައި ފައިދާ ލިބި، އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ހެދުމެވެ. މީގެ އިތުރުން، ދިވެހި އުފެއްދުންތައް ބޭނުންކުރުމާއި، ދެމެހެއްޓެނިވި ގޮތްތަކަށް އެފަދަތަކެތީގެ ވިޔަފާރި ކުރުމާއި، ފަތުރުވެރިންނާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިވެގެން ދިއުމަކީ، މި މަޝްރޫޢުގެ އަސްލު ކާމިޔާބީއެވެ.
މީގެ 60 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އެޅުއްވި ބާނީން ފަދައިން ޑރ. ހަސަނާއި އޭނަގެ ޓީމުން ވަނީ އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ މުޅިން އާ ކޮންސެޕްޓެއްގެ ބިންގާ އަޅުއްވައިފަ އެވެ. ހަޤީޤީ ފަޚުރުވެރި ކަމަކީ އަޅާލުމާއި، ސަމާލުކަން ދިނުމާއި، އަދި އާ ކަންކަން ހޯދައިގަތުމުގެ އުފާވެރިކަން ކަމުގައި އެ ބޭފުޅުން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވަ އެވެ.

ފޭދޫއިން ފަތުރުވެރިންނަށް ލިބިގެންދާނީ ހަމައެކަނި ރީތި ފޮޓޯތަކެއް ނޫނެވެ. ކޮންމެ ތަޖުރިބާއަކާ އެކު، ހިތްތަކުގައި ފުންކޮށް އަށަގެންފައިވާ ގުޅުމެއްގެ ދާއިމީ ހަނދާންތަކެވެ. ފޭދޫ ގެސްޓްހައުސް ޕުރޮޖެކްޓުގެ މުސްތަޤުބަލަކީ އަވަސް ކުރުމެއް ނެތި، ބޭނުންވާ މިންވަރަށް ވުރެ އިތުރުނުވެ ކުރިއަރައި ތަނަވަސްވުމެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ވިސްނުންތެރި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މިސާލެއް ދެއްކުމެވެ. މިތަނުން ފަތުރުވެރިން އެނބުރި ދާނީ، އުފާވެރި ތަޖުރިބާތަކުގެ ވާހަކަތައް ހިފައިގެންނެވެ. އެފަދަ ވާހަކަތަކުން ރަށުގެ ރައްޔިތުންނަށް ދިގުދެމިގެންދާ ފައިދާތަކެއް ލިބިގެން ދާނެ އެވެ. ފޭދޫ ގެސްޓްހައުސްތަކަކީ ހަމައެކަނި މަންޒިލެއް ނޫނެވެ. އެއީ ދަޢުވަތެކެވެ. އެެއީ ފުން ގުޅުންތައް ބަދަހިކޮށް، އައްޑޫ އަތޮޅުގެ ޚާއްސަ ރީތިކަމުގެ ތެރެއިން ދިވެހިރާއްޖެ ތަޖުރިބާ ކުރުމަށް ލިބޭ ހިތްގައިމު ދަޢުވަތެކެވެ.