Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހުޅުމީދޫ ބޮޑު މިސްކިތުގެ މަސައްކަތް އަންނަ މަހު ފަށަނީ

ހުޅުމީދޫގެ މިސްކިތެއް: ރަށުގެ މިސްކިތްތަކުގެ ހާލަތު އެހާ ރަނގަޅެއް ނޫން. ފޮޓޯ/ އިބްރާހީމް ޒުހުރީ

ހުޅުމީދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަަށް އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް އެ ޕާޓީން އައްޑު އަށް ކުރާ ދަތުރުގައި ހުޅުޅުމީދޫ އިއްޔެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންކަން މިނިސްޓްރީން ކުރިއަށްދާ ކަމަށެވެ.

ހުޅުދު އާއި މީދޫގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ އާއި އަދާލަތު އެ ޕާޓީގެ އިލްމުވެރީންގެ މަޖިލިގު ރައީސް އިލްޔާސް ހުސެއިންގެ އިތުރަށް މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދުދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަބްދުﷲ މުއްޠަލިބު ވެސް ބައިވެރިވެޑައިގެންނެވި އެވެ.

މެންބަރުން އިތުރު ކުރުމުގެ ގޮތުން އަދާލަތު ޕާޓީން ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި ރޭ އަތޮޅު މަދަރުސާގައި ބޭއްވުނު ޖަލްސާގައި ހުޅުދު އާއި މީދޫގެ ގިނަ އަދަދެއްގެ މީހުން އަދާލަތު ޕާޓީއަށް ސޮއިކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

އަދާލަތުގެ ޖަލްސާގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލުން ހުޅުދު އާއި މީދު އަށް ކަނޑައަޅުއްވާފައި ހުންނަވާ އަވަށު ބޯޑްގެ ނާއިބް ރައީސް އަލީ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.