Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

ވަންޑޭ ކަޕް ތަށި ފޭދޫ ޔޫތު ކޮމިއުނިޓީއިން އުފުލާލައިފި

ހިތަދޫ އެމްސީ ޔުނައިޓެޑް ޖަމިއްޔާއިން އިއްޔެ ބޭއްވި "އެމްސީޔޫ ވަންޑޭ ވިމެން ފުޓްސަލް" މުބާރާތުގެ ތަށި ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ)އިން އުފުލާލައިފިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން އިއްޔެ މެންދު 2 ޖެހި އިރު ކުޅުން ފެށި މުބާރާތުގައި އައްޑޫގެ އެކި ރަށްތަކުން 6 ޓީމް ބައިވެރިވެފައިވެއެވެ.

އެގޮތުން މީދޫ އާއި މަރަދޫން 2 ޓީމް ބައިވެރިވި އިރު ހިތަދޫ، ފޭދޫއިން 1 ޓީމް ވަނީ ބައިވެރިވެފައެވެ.

15 މިނިޓްގެ ދެ ހާފް ކުޅޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ސެމީގައި ވާދަ ކުރީ އެފްވައިސީ އާއި މަރަދޫ ގޯދިއްޔާއެއްވެ. އެފްވައިސީ ފައިނަލަށް ދިޔައީ ގޯދިއްޔާ ކޮޅަށް 7 ގޯލް ޖަހައިގެންނެވެ.

ފައިނަލްގައި މީދޫ ދޮންދީނި ޓީމް ބަލި ކުރީ 6-0 ލަނޑުންނެވެ.

މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށް ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދިނީ ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީއެވެ.