Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މާލޭގައި ފެންބޮޑުވެއްޖެ، ފެން ހިންދަނީ

ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ރޭގެ ދަންވަރުން ފެށިގެން ޕަންޕްތައް ބަހައްޓާފައިވާ ކަމަށެވެ. އަދި ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލެއަށް އެކި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހިފައިވެ އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމުން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.

ވިއްސާރަ އަލިވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އާދީއްތައިގެ ފަހުންނެވެ.