Last Updated: June 6, 18:02
Saturday, June 6, 2026
މުނިފޫހިފިލުވުން

ދަރޭގެ ފަހު ފިލްމުގެ ފަހު ޓްރެއިލާ އާންމުކޮށްފި

މިދިޔަ މަހު މަރުވި ބޮލީވުޑްގެ ތަރި، ދަރުމެންދުރާގެ އެންމެ ފަހުގެ ފިލްމު "އިސްކީސް" ގެ އެންމެ ފަހު ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ. އެގޮތުން "އިއްކީސް" ބިނާކޮށްފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އުމުރުން އެންމެ 21 އަހަރުވި ގައުމީ ބަތަލު އަރޫން ކެތުރިޕާލްގެ ހަޔާތުގެ މައްޗަށެވެ.

ފިލްމުގައި އޭނަގެ ރޯލު ކުޅެފައި ވަނީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާ އެވެ. "އިއްކީސް" ގައި ދަރޭ ކުޅެފައި ވަނީ އަަގަސްތިއާގެ ބައްޕަގެ ރޯލެވެ.

މި ފިލްމުހެ ކާސްޓްގައި ޖައިދީޕް އަހުލުވާތު، ރާހުލް ދޭވް، ވިވާން ޝާހް، ސިކަންދަރު ކޭރް އަދި އެކަވަލީ ކަންނާ ވެސް ހިމެނެ އެވެ. އަދިއަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ، ސިމަރު ބާޓިއާ ވެސް މި ފިލްމުން ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

ކުރިން މި މަހުގެ 25 ގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނިކޮށް އަންނަ މަހުގެ 1 އަށް "އިސްކީސް" ފަސްކުރި އިރު، ދަރޭ އުމުރުން 89 އަހަރުގައި މަރުވީ މިދިޔަ މަހުގެ 24 ގަ އެވެ.