ކ. ގުރައިދޫ ކައިރިން 6 ފޫޓުގެ ކިނބުލެއް ހިފައިފި އެވެ.
އެމްއެންޑީއެފުން ބުނީ، އެ ކިނބޫ ހިފާފައިވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުން ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
މި ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.