Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ސްޓެލްކޯގެ ހިދުމަތްތަކާ މެދު ހިޔާލު ހޯދަނީ

ސްޓެލްކޯގެ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އޮންލައިން ފޯމެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއީ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އެގޮތުން ފޯމްގައި ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ގޮތާ މެދު ހިތްހަމަޖެހޭ މިންވަރާއި ސްޓެލްކޯ އާ ދޭތެރޭ އިތުބާރު އޮތް މިންވަރާއި ކުންފުނީގެ މަސައްކަތުގެ ސްޕީޑާއި އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން ސްޓަމާ ސާވިސްއާ މެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލުކޮށް ދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް އަދި ސްޓެލްކޯއިން ހިދުމަތް ފޯރުކޮށް ދިނުމުގަ އާއި، ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށް ދެމުން އަންނަ މިންވަރު ވެސް ރޭޓްކުރާނެ އެވެ.

ފޯމް މެދުވެރިކޮށް ސްޓެލްކޯއިން ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަން ޖެހޭ ނަމަ ފާހަގަކުރެވޭ ކަންކަމާއި ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާގެ އިތުރުން އިތުރު ހިޔާލު ވެސް ފާޅު ކުރެވޭނެ އެވެ. ލިޔެވޭނެ އެވެ.