Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ހަންގަނޑު ރީތިކުރަން ލުއި އެހީއެއް!

ހަންގަނޑު ރީތިކޮށްލަން ބޭނުންވާ ނަމަ މިއޮތީ ވަރަށް ވެސް ލުއި އެހީއެކެވެ. ތަޖުރިބާކޮށްލަމާ ހިނގާށެވެ.

މިކަމަށް ބޭނުން ވަނީ ކަރަންފުލާއި ފެނާއި މާމުއި އަދި ލުނބޯހުތެވެ.

މި ތަކެތި ބޭނުންކޮށްގެން ހަންގަނޑު ރީތިކުރަން ހަދަން ޖެހޭ ގޮތަކީ ރޭގަނޑު ނިދުމުގެ ކުރިން ބިއްލޫރި ތައްޓަކަށް ފެން އަޅާފައި އޭގެ ތެރެއަށް 4-5 ކަރަންފޫ އަޅާނީ އެވެ. ދެން މަތި ޖަހާފައި ހެނދުނު ވަންދެން ބަހައްޓާނީ އެވެ.

ހެނދުނު ހޭލައިގެން އެ ފެން ތަށީގެ ތެރެއިން ކަރަންފޫތައް ނަގާފައި ލުނބޯ ފަޅިއެއްގެ ހުތް ފެލާފައި ސައިސަމުލެއްގެ މާމުއި އަޅާފައި ރަނގަޅަށް ގިރާލައިގެން ބޯލާނީ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން މި ލުއި ފަރުވާ ތަކުރާރުކޮށް 21 ދުވަހަށް ކުރިއަށް ގެންގޮސްފި ނަމަ ނަތީޖާ ފެންނަން ފަށާނެ އެވެ. އެގޮތުން ހަންގަނޑަށް އުޖާލާކަން އަންނަން ފަށައި، މޫނުގައި ބިހި ނެގުން ފަދަ މައްސަލަތަކަށް ވެސް މިއިން ފަރުވާ ލިބޭނެ އެވެ.

އަމިއްލަ ތަޖުރިބާ އަށް ބަލާފައި މިއީމު ކޮންމެ ދުވަހެއްގެ ހެނދުނެއްގެ ބުއިމަކަށް ވެސް ހެދިދާނެ އެވެ.