Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައިގެ މަސައްކަތް ނިންމައިި ބޭނުން ކުރަން ފަށައިފި އެވެ.

މިކަމަށްޓަކައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. މާފަރު އެއާޕޯޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ ކުންފުނި އައިލޭންޑް އޭވިއޭޝަން ސާވިސް އައިއޭއެސް) އިން ހިންގަމުން އަންނަ އެއާޕޯޓެކެވެ.

އެތަނުގެ އޭޕްރަން ބޮޑުކޮށް ބޭނުން ކުރަން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެއާޕޯޓްގެ ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށްޓަކައި ދެ ބުރީގެ ޢިމާރާތެއްގެ ބިންގާ އަޅައިފަ އެވެ. ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ އެ އިމާރާތަކީ 12،000 އަކަފޫޓޫ ތަނެކެވެ. އެތަނުގައި އިތުރު ލައުންޖުތަކާއިދި އޮފީސް ޢިމާރާތް އިތުރަށް ފުރިހަމަކޮށް ޚިދުމަތް މިހާރަށް ވުރެ ފުޅާ ކުރެވޭނެ އެވެ.

އަދި އެތަނުގެ މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

މާފަރު އެއާޕޯޓްގެ އޭޕްރަން އަށް އިތުރުކުރި ބަޔާއެކު މިހާރު މާފަރު އެއާޕޯޓުގައި އެއްފަހަރާ 35 ބޯޓް ޕާކް ކުރެވޭނެ އެވެ. މި އެއާޕޯޓަކީ އެންމެ ގިނައިން ބޭރުގެ ޖެޓްތައް ޖައްސާ އެއް އެއާޕޯޓެވެ.

މާފަރު އެއާޕޯޓް ހުޅުވީ 2019 ގަ އެވެ.