Last Updated: June 6, 18:02
Saturday, June 6, 2026
ދުނިޔެ

ޕެސެންޖަރަކަށް ހަމަލާ ދިން ޕައިލެޓަކު ސަސްޕެންޑްކޮށްފި

އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓަކު އެއާޕޯޓްގައި ޕެސެންޖަރަކަށް ހަމަލާ ދިން މައްސަލައިގައި ސަސްޕެންޑްކޮށްފި އެވެ.

މީޑިއާތަކުން ބުނީ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުކުރު ދުވަހު ހިނގި ހާދިސާއާ ގުޅިގެން ސަސްޕެންޑްކޮށްފައި ވަނީ އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓެއް ކަމަށްވާ ވިރެންދަރު ސެޖަވާލް ކަމަށެވެ.

ޕައިލެޓް ފަރާތުން އަނިޔާއާ ކުރިމަތިލާން ޖެހުނު އަންކިތު ދެވަން ބުނި ގޮތުގައި ޓާމިނަލް 1 ގައި އޮފް-ޑިއުޓީގައި ހުރި ޕައިލެޓް އޭނައާ ހުތުރު ބަހުން މުއާމަލާތްކޮށް، ގަޔަށް އަތްލައި މާރާމާރީ ހިންގީ އަންހެނުންނާއި 7 އަހަރުގެ ދަރިފުޅާއި ހަތަރު މަހުގެ ދަރިފުޅު ގޮވައިގެން ސްޕައިސް ޖެޓްގެ ބޯޓަކަށް ބޯޑިންވާން ދަނިކޮށް ކަމަށެވެ.

އެގޮތުން ޕައިލެޓް މައްސަލަ ޖެއްސީ އެއާޕޯޓްގެ ސެކިއުރިޓީ ލޭން ބޭނުން ކުރުމުން ކަމަށާއި އެކަމަކު އެ ލޭން ބޭނުން ކުރީ އެއާޕޯޓްގެ އޮފިޝަލުންތަކެއް ހުއްދަ ދިިނުމުން ކަމަށް ބުންޏެވެ. ނަމަވެސް އެކަން މައްސަލައަކަށް ހަދައި ސްޓާފުން ބޭނުން ކުރާ ލޭން ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ޒުވާބުކޮށް މޫނު މަތީގައި ޖަހައި ނޭފަތް ފަޅާލާފައިވާ ކަމަށް އަންކިތު ބުންޏެވެ.

އޭނަ މި ވާހަކަ ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ވަރަށް ގިނަ ބަޔަކު ޕައިލެޓަށް ފޔަވަޅު އަޅަން ގޮވާފައިވެ އެވެ. އަދި އެ މައްސަލަ އެއާ އިންޑިއާ އެކްސްޕްރެސގެ ސަމާލު ކަމަށް އައުމާ ގުޅިގެން އިއްޔެ ވަނީ ޕަައިލެޓް ވިރެންދަރު ސަސްޕެންޑްކޮށްފަ އެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައި އި ބުނީ ޒިންމާތަކުން ޕައިލެޓް އެކަހެރިކޮށް އޭނަގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށަވެ.