Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކަނޑުމަތިން އަނެއްކާ ވެސް ހަށިގަނޑެއް ފެނިއްޖެ

ކުއްލި ހާލަތެއްގައި އަމަލު ކުރަން ޖެހޭ ގޮތުގެ ހާއްސަ ޓްރެއިނިންއެއް، އައްޑޫ ހިތަދޫ ޕޯޓްގައި ވަނީ ބާއްވާފައި. އަހަރީ އައިއެސްޕީއެސް (އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ) ކޯޑް އެކްސަސައިޒް ބާއްވާފައި ވަނީ އެމްއެންޑީއެފާއި ޕޮލިހާއި އައްޑޫ ހޮސްޕިޓަލް އަދި ރެޑް ކްރެސެންޓް ގުޅިގެން. ފޮޓޯ/ އެޗްޕީއެލް

ކަނޑުމަތިން އަނެއްކާ ވެސް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރިން މިއަދު ފެނުނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 10:15 ހާއިރުކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިފައިވެ އެވެ. އެ ހަށިގަނޑު ފެނުނީ ގުޅިފަޅު ކައިރިންނެވެ. ކަމަށެވެ. އަދި އެއީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.