Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

ޑްރަގްސްއާ އެކު 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރަމުން އައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށެވެ.

ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ރސ. 10367/ މާލެ، ޙަސަން އަނަސް، 22، އާއި (22އ) ފުވަައްމުލައް، ދޫޑިގަން، އަތަގަސްދޮށުގޭ މޫސާ ޝަހީމް، 22، އާއި ބ. ގޮއިދޫ، އާވެލި، ޙުސައިން ޝަރުވާން، 25، ގެ އިތުރުން ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއީ، 21، އެވެ.

އެ މީހުންގެ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 377.39 ގްރާމެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު ޝަހީމާއި ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ. އަދި ނިޝާ އަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ނިޝާގެ ބަންދުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.