އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 550 ގޮނޑި މަދު ވާނެ ކަމަށް އިލްކެޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެތަނުން ބުނީ މި ފަހަރު ގޮނޑި މަދު ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ފަހަރުގެ އިންތިހާބުގައި އަތޮޅު ކައުންސިލުގެ ރައީސުން އިންތިހާބު ކުރުމެއް ނޯންނާނެ އެވެ. އަދި ކުރިން އޮތް ގޮތުން ނަމަ 3،000 މީހުންނައް ވުރެން އާބާދީ މަދުވެއްޖެ ނަމަ 5 ކައުންސިލަރުން ހޮވަން ޖެހުން ނަމަވެސް ފަހުން މަޖިލީހުން އެ ގާނޫނަށް ގެނައި ބަދަލާއި އެކު 2،000 މީހުންނަށް ވުރެނ އާބާދީ ދަށް ނަމަ ދެން ހޮވަން ޖެހޭނީ ތިން ކައުންސިލަރުންނެވެ.
އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ 5 ކައުންސިލަރުންނެވެ.
މީގެ ތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.