ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ، ސައްހަ ނޫން ޑޮލަރު ބޭނުުން ކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ… pic.twitter.com/oKKjiISdJD
— Maldives Police (@PoliceMv) December 21, 2025
މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި މަޢުލޫމާތު ދިނުމަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ފުލުހުން ވަނީ މިފަދަ ކުށްވެރިން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.