Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ފޭސް ދޭއްގައި ހުކުރު ދުވަހު އާ މިސްކިތެއް ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެއް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.

މި މިސްކިތުގެ ނަމަކީ 'މަސްޖިދުލް އީމާން' އެވެ.

އިސްލާމިކް މިނިސްޓަރޔ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެ މިސްކިތް އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވައިލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް ވެސް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާ ކުރަމުންގެން އަންނަ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ކުރިއަށް އޮޔް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ވެސް އަންނަނީ ތައްޔާރީތައް ވަމުންނެވެ.