Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްްކާ ވެސް ބަދަލުވެއްޖެ އެވެ.

ޒަކާތު ހައުސްއިން އިން ބުނީ މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ. ކަމަށެވެ.

އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އައީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ނިސާބަކީ 11191.95ރ. އެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަ ކުރަނީ މަރުކަޒީ ބޭންކް ،އެމްއެމްއޭއިންނެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 32.82ރ. ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39ރ. ގަ އެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.