Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ފުވައްމުލަކުގެ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި އެވެ.

މި ފެސިލިޓީ ހުޅުވީ ފުވައްމުލައް ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މުއްތަލިބާއި، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންނާއި ފުވައްމުލަކު މަސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިފްކޯއިން ބުނީ، ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރަށް މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ވަނީ ފުވައްމުލައް ސިޓީ އިން މަސް ގަންނަން ވެސް ފަށާފަ އެވެ.