މާލޭގައި ހިންގާ 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ކުޑަކޮށް ދިރާސާ ހަދާލިއިރުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް މިއާ ގާތްކުރަން ކީއްކުރަންތޯ މީގެ ބައިކުޅަ ބައި ވެސް ބަންދުކުރެވިފައި ނުވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަސާޖު ޕާލާތަކުން ބިދޭސީން ވެސް ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.