ޑިފެންސް މިނިސްޓްރީ އަށް ގިނަ އަދަދެއްގެ ލެޕްޓޮޕް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ 110 ލެޕްޓޮޕް ސަޕްލައިކޮށް ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަން ހުށަހަޅަން އެދިފައިވެ އެވެ.
މިނިސްޓްރީން ބުނީ ބީލަން ހުށަހަޅާ އިރު، ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1،500ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކުރިޓީގެ މުއްދަތަކީ 90 ދުވަސް ކަމަށެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިކަމާ ބެހޭ އިތުރު މައުލޫމަތު މިނިސްޓްރީގެ މި ނަންބަރު 3327881 އާއި މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.