ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ޗެއާމަނަކަށް އަހުމަދު ސިއްދީގް އައްޔަންކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ސިއްދީގު އެެންޑީއޭގެ އާ ޗެއާމަނަށް އައްޔަންކުރީ އިއްޔެ އެވެ.
އެންޑީއޭގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ލުބްނާ ޒާހިރު ހުސައިނެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 13 އިން ފެށިގެން އެ މަގާމު އޭނަ އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު އޭނަ އަކީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ވެސް މެ އެވެ.
ނަމަވެސް އެ މަގާމުތަކުން ލުބްނާ ވަކި ކުރުމަށް ފަހު ވަނީ ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.