Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މީދޫ ގެއަކުން ވަގަށް ނެގި ރުނބައެއް ހޯދައިފި

އައްޑޫ މީދޫގެ ގެއަކިން ވަގަށް ނެގި ބޮޑު ރުނބައެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ހުޅުމީދޫ ފުލުހުން ބުނީ އެ ރުނބާ ވަގަށް ނެގީ އާސާރީ ތަކެތި ގެންގުޅެ ބަލަހައްޓަމުން އަންނަ ގެއެއް ކަމަށްވާ މީދޫ، ސައިރީން ގެއިން ކަމަށެވެ. ބަޔަކު ރުނބާ ވަގަށް ނެގީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ރުނބާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް އައްޑޫ ފުލުހުން ބުނީ މިއަދެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުބުނެ އެވެ.