ސޮނީ ޓީވީން ގެނެސްދޭން ތައްޔާރުވަމުން އަންނަ ގޭމް ޝޯއެއް އަކްޝޭ ކުމާރު ހޯސްޓްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ޝޯ އަކީ "ވީލް އޮފް ފޯޗޫން އިންޑިއާ" އެވެ. މިއީ 1975 އިން ފެށިގެން އެމެރިކާ އިން ގެނެސްދެމު އަންނަ "ވީލް އޮފް ފޯޗޫން" ޣޭ އިންޑިއާގެ ވާޝަނެވެ. އަކްޝޭއާ އެކު ޝޯގެ ޕްރޮމޯތަކެއް ވެސް ސޮނީ ޓީވީން މިހާރު ދައްކަމުން އަންނަ އިރު، ޝޯ ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ވީލް އޮފް ފޯޗޫން" ގެ އިންޑިއާގެ ވާޝަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މި ޝޯ މިހާތަނަށް 60 އަށް ވުރެ ގިނަ ގައުމުތަކުން ގެނެސްދީފައިވެ އެވެ.
ޒަމާންތަކެއް ފަހުން އަކްޝޭ ޓީވީ ޝޯއެއް ހޯސްޓް ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވެސް ޓީވީ ޝޯތަކެއް ހޯސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަން "ހަތުރޯން ކޭ ކިލާޅީ" އާއި "މާސްޓަ ޝެފް އިންޑިއާ" ހިމެނެ އެވެ.
އަކްޝޭ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބިޒީ އެކެކެވެ. މި އަހަރު އޭނަގެ 5 ފިލްމެއް ރިލީޒްވެފައިވާ އިރު، އަންނަ އަހަރު އަކްޝޭގެ ފުރަތަމަ ފިލްމަކަށް ވާނީ އެޕްރީލްގައި ގެނެސްދޭ "ބޫތު ބަނގްލާ" އެވެ.