ކާރުގައި ބޮމެއްގައި ގޮއްވާލައިގެން ރަޝިއާގެ އަސްކަރީ ޖެނެރަލަކު މިއަދު އަވަހާރަކޮށްލައިފި އެވެ.
މީޑިއާތަކުން ބުނީ މިއަދު ހެނދުނު މޮސްކޯގައި އަވަހާރަކޮށްލީ ލެފްޓިނަންޓް ޖެނެރަލް ފަނިލް ސަރްވަރޯވް، 56، ކަމަށެވެ. އޭނަ އަކީ ރަޝިއާގެ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޓްރެއިނިން ޑިޕާޓްމަންޓްގެ ވެރިޔާ އެވެ. ސަރްވަރޯވް އަވަހާރަކޮށްލީ އޭނަ ކާރުގެ ދަށުގައި ބޮމެއް ހަރުކޮށް، އެ ގޮއްވާލައިގެންނެވެ.
ރަޝިއާ އިން ބުނީ މިއީ ޔުކްރެއިންގެ އިންޓެލިޖެންސް ސާވިސް އަޑީގައި އޮވެގެން ހިންގާފައިވާ އަމަލެއް ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ގައުމުން ރަސްމީކޮށް މިކަމާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މީޑިއާތަކުން ބުނީ ސަރްވަރޯވް އަވަހާރަވީ އޭނަގެ ކާރު ގޮއްވައިލި ހާދިސާގައި ލިބުނު ބިޑެތި އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މި ހާދިސާގެ ތަހުގީގު ރަޝިއާ އިން މިހާރު ވަނީ ފަށައިފަ އެވެ.
ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން 2022 ގެ ކުރީކޮޅު ހަނގުރާމަ ފެށި ފަހުން މިހާތަނަށް ރަޝިއާގެ ހައި ޕްރޮފައިލް އަސްކަރީ ވަރަށް ގިނަ އޮފިޝަލުންތަކެއް އަވަހާރަކޮށްލާފައިވެ އެވެ.