Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި

ގދ.ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.

ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.