Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

މަރަދޫ ފޭދޫގައި މީހަކު ދަންޖެހިގެން މަރުވެއްޖެ

މަރަދޫފޭދޫ ގެއެއްގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހި މަރުވެފައިވަނީ މަރަދޫ ފޭދޫގައި ދިރިއުޅޭ ހުޅުދޫ ޝަހީޒު ކިޔާ މީހެކެވެ.

އޭނާ ދަންޖެހިގެން ހުއްޓާ ފެނިގެން ވަނީ މަރަދޫ ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީޒު އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އަޑު ނީވޭ ކުދިންނަސް ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ ފޭދޫ ސްކޫލުގައި ކިޔަވއި ދިނުމަށްފަހު މިއަހަރު ޝަރަފުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާހަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.