Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް ވެބިނާއެއް

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން އަންނަ މަހު ވެބިނާއެެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އިންވެސްޓަރުންނަށް ބާއްވާ މި ވެބިނާ އޮންނާނީ އަންނަ މަހުގެ 11 ގަ އެވެ. އެހެންވެ ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ޓޫރިޒަމް މިނިިސްޓްރީން ބުންޏެވެ. ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވާނީ އެ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމް ސިނާއަތަށް ބަރޯސާވެފައިވާ އިރު، ރާއްޖެ އަކީ މި ދާއިރާ އިން ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް މިހާރު ވެސް ހިންގަމުން އަންނަ އިރު، މިފަދަ އެތައް ފެސިލިޓީތަކެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ބާރަށް ކުރިއަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރުވަން މިނިސްޓްރީ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ މަސައްކަތްކަތެއް ކުރަމުން ދެ އެވެ.