Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޖެނުއަރީ 10 ގެ ކުރިން ސްކޫލްތައް ފޮތްތައް ފޮނުވޭނެ

ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ މަހުގެ 10 ގެ ކުރިން ސްކޫލްތަކަށް ފޮނުވައި ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މަސައްކަތް މިނިސްޓްރީން އަންނަނީ މި މަހުގެ ކުރީކޮޅުން ފެށިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް 40 އަށް ވުރެ ގިނަ ސްކޫލްތަކަށް ފޮތްތައް ވަނީ ފޮނުވައިފަ އެވެ.

މިނިސްޓްރީން ބުނީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމައިލެވޭނެ ކަމަށާއި ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗާތައް ވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ މިދިރާސީ މި އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާ އިރު އެ ވައުޗާތައް ވެސް ހަވާލުކޮށް ނިންމުމަކީ އަމާޒެއް ކަމަށެވެ. މި ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ފެށޭނީ އަންނަ ބުރާސްފަތީފަ އެވެ.

އަދި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 27 ގަ އެވެ.