Last Updated: June 6, 18:02
Saturday, June 6, 2026
ދުނިޔެ

'ކޯލް އޮފް ޑިއުޓީ' ގެ އަހުލުވެރިންނަަށް ހިތާމަވެރި ޚަބަރެއް

ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ވީޑިއޯ ގޭމް "ކޯލް އޮފް ޑިއުޓީ" އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރޭގައި ހިމެނޭ ވިންސް ޒަމްޕެލާ ކާރުގައި އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

މިޑިއާތަކުން ބުނީ އޭނަ މަރުވީ ލޮސް އެންޖެލިސްގެ ހައިވޭގައި އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. އެގޮތުން ޒަމްޕެލާ، 55، އާއި އިތުރު މީހަކު ދަތުކުރި ފެރާރީ ކޮންޓްރޯލުން ނައްޓާލައި ކޮންކްރީޓް ބެރިއަރެއްގައި ޖެހި އަލިފާން ރޯވެފައިވެ އެވެ.

މި ހާދިސާގައި ދެ މީހުން ވެސް މަރުވެފައިވާ އިރު، ކާރު ދުއްވީ ކާކުކަން ކަށަވަރު ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޒެމްޕެލާގެ ކުއްލި މަރާ ގުޅިގެން "ކޯލް އޮފް ޑިއުޓީ" އުފެއްދި ކުންފުނި އިންފިނިޓީ ވޯޑުން ބުނީ އޭނަގެ ހަނދާންތައް އަބަދު ވެސް ކުންފުނީގައި ދެމިއޮންނާނެ ކަމަށެވެ. އަދި ވީޑިއޯ ގޭމްގެ ދުނިޔޭގައި ޒެމްޕެލާގެ ނަމަށް ދުވަހަކު ވެސް ފަނޑުވުމެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކޯލް އޮފް ޑިއުޓީ" އަކީ ޒެމްޕެލާ އާއި ޖޭސަން ވެސްޓް އަދި ގްރާންޓް ކޮލިއާ ގުޅިގެން 2003 ގައ ވުޖޫދަށް ގެނައި ގޭމެކެވެ. ފްރެންޗައިޒެއްގެ ގޮތުގައި ނެރެމުން އަންނަ މި ގޭމްގެ އެންމެ ފަހުގެ ބަޔަކު މިދިޔަ މަހުގެ 14 ގައި ނެރުނު "ކޯލް އޮފް ޑިއުޓީ: ބްލެކް އޮޕްސް 7" އެވެ.

ތިން ކުދިންގެ ބައްޕަ ޒެމްޕަލާ އުފެއްދި އެހެން ގޭމްތަކުގެ ތެރޭގައި "މެޑަލް އޮފް އޮނާ"، "ޓައިޓަންފޯލް" އަދި "އެޕެކްސް ލެޖެންޑް" ހިމެނެ އެވެ.