Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

'ލިސްޓް ފެސްޓް' ގައި ބައިވެރިވާން ހުޅުވާލައިފި

ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ 'ލިޓް ފެސްޓް' ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ފެސްޓް ބާއްވަން ހަމަޖެހިފައި ބަނީ މި މަހުގެ 25، 26 އަދި 27 ގައި ޔޫތު ހަބްގަ އެވެ.

އުމުރުން 14-20 އާ ދެމެދުގެ އުމުރު ފުރައަށް އަމާޒުކުރާ މި ފެސްޓިވަލްގައި އާޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައި ވެއެވެ. އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިން ފަދަ ހުނަރުތައް ހިމެނެއެވެ.

މިނިސްޓްރީން ބުނީ، ފެސްޓިވަލްގެ ޙަރަކާތްތަކުގައި ބައިވެރިވެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ޙަރަކާތްތަކަށް ހިނގާނެ ޚަރަދު މިނިސްޓްރީގެ ފަރާތުން ފޯރުކޮށް ދޭނެ ކަމަށެވެ. އަދި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތި ވެސް މިނިސްޓްރީން ހޯދައި ދޭނެ އެވެ.

އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ 'ލިޓް ފެސްޓް' ގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާއި، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ އެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ދޭނީ ބައިވެރިވާ ތަރުތީބުންނެވެ.