Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އުރީދޫން ކޮންމެ ދެމަހަކުން އޭޓީވީއެއް ދޭ ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސްގެ އޭޓީވީ ޕްރޮމޯޝަން ތައާރަފްކޮށް، 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި މިމަހުގެ 20 ވަނަ ދުވަހުން އަންނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭއިރު، ހަ ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު އެވެ. ޕްރޮމޯޝަންގެ ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އުރީދޫ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

"އުރީދޫގެ ހިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. ކޮންމެ ދެ މަހަކުން އެއްފަހަރު ޑްރޯއާއެކު މުޅި އަހަރު ކުރިއަށް ގެންދާ މި އިނީޝިއޭޓިވްއަކީ އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ކުރުއަށް ގެންދެވޭ ޕްރޮމޯޝަނެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވި އެވެ.

މި ޑްރޯއަށް ކޮލިފައިވުމަށް އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހާ ނުވަތަ 5ޖީ އެއާފައިބަ ފަދަ ޚިދުމަތްތައް ސަބްސްކްރައިބް ކުރަންވާނެ އެވެ. ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހެ އެވެ. އަދި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރުން ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވާންޖެހެ އެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ އަލަށް ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.