Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ތިން ކެޔޮގަނޑާއި ކުރުބާތަކެއްގެ ވެރިފަރާތް ހޯދަނީ

އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތިން ކެޔޮގަނޑާއި ކުރުނބާތަކެއްގެ ވެރިފަރާތް ހޯދަން, ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

އައްޑޫ ޕޮލިހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑުތަކާއި ކުރުބާތައް ހިތަދޫ ޕޮލިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ ޕޯސްޓުގައި ތިން ކެޔޮގަނޑާއި ކުރުބާތައް ފެންނަ ފޮޓޯ ވެސް ހިމަނާފަ އެވެ.

މި ތަކެތީގެ ވެރިފަރާތެއް ވާނަމަ ހިތަދޫ ޕޮލިސްގެ ނަމްބަރު 9791612 އަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.