Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ހިތަދޫ އިވްރީވަންސް ލާނިން ސެންޓަރު ފަޅާލައިފި

އައްޑޫ ހިތަދޫގައި ހުންނަ އިވްރީވަންސް ލާނިން ސެންޓަރުގެ ކެމްޕަސް ފަޅާލައިގެން ވައްކަންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެތަން ފަޅާލި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ފަށައި ބައެއް ތަކެތި ހޯދައި ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭސީއަކާއި ދެ ސްޕީކަރާއި ވޯޓާ ޑިސްޕެންސަރެކެވެ.

އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް މި ފަހުން ދަނީ ވައްކަމުގެ މައްސަލަތައް އިތުރުވަމުންނެވެ.