ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" މިރޭ ފަށަން ނިންމައިފި އެވެ.
ދިރާސީ އަހަރުގެ ފަހު ޓާމް ސްކޫލްތައް ބަންދު ވާނީ މާދަމާ އިން ފެށިގެންނެވެ.
މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ޝަރީފް ވިދާޅު "ރިވެލި" އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެ ސް ކުރިއަށް ގެންދާނެ ކަމަށެވެ.
އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
އެހެންވެ "ރިވެލި" އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުށް މަދުކުރުމެވެ.
ޗުއްޓީ ދުވަސްވަރަކީ އެކި ކަންކަމަށް މާލެއިން މީހުން އެކި ތަންތަނަކަށް ދަތުރުކުރާ، އަދި މާލެއަށް ވެސް ގިނަ ބަޔަކު ދަތުުރުކުރާ ދުވަސްވަރަކަށްވާތީ ފުރައިގެންދާ އިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާ ރުކުރެވޭ މީހަކާ ހަވާލުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި، ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ހަރަކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށް ވެސް ފުލުހުން އެދެއެވެ.