ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު މި ބައްދަލުވުން އޮތީ އެމްޑީޕީގެ މައި އޮފީހުގަ އެވެ.
މިދިއަ ހޯމަ ދުވަހު ރައީސް ޞާލިހު ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ގުޅިގެން މަސައްކަތް ފެއްޓެވުމުގެ ގޮތުން ވަރަށް އަވަހަށް އެމަނިކުފާނާއި ނަޝީދު އާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ސޯލިހު އާއި ނަޝީދު ވެސް ވިދާޅުވީ މި ވަގުތު އެ ދެ ބޭފުޅުން ފޯކަސް ހުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށާއި ރިޔާސީ އިންތިހާބާއި އެހެން ކަންކަމުގެ ވާހަކަ ދައްކާނީ ފަހުން ކަމަށް ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ސިޔާސީ ދެބަސްވުންތައް ހުރި ނަމަވެސް ދެ ރައީސުން އެނބުރި އެކުގައި ނޫޅެވޭ ހިސާބަށް ދުރުނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީ ދޫކޮށް އިދިކޮޅުގައި ހުރި ނަމަވެސް އެ ޕާޓީ އަށް ބޮޑު ލޮޅުމެއް ނޭރީ އެތެރޭގެ ހިންގުންތަކާއި އޮނިގަނޑު ހަރުދަނާވުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ޕާޓީ ހަރުދަނާކޮށް. މިހާރަށްވުރެ ޕާޓީގެ ލީޑަޝިޕާ އެކީގަ ޕާޓީ ހަރުދަނާކޮށް، މެންބަޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ދެމީހުން އެކީގަ ކުރާނަން." ސޯލިހު ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު މިއަދު ނޫސްވެރިންނާ ވެސް ބައްދަލު ކުރެއްވި އެވެ.