Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ވެސް ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ ދެ ބޭފުޅުން މިއަދު އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ސޯލިހް ވިދާޅުވީ، ކުރީގެ ރައީސުންނާ އެކު ގުޅިގެން މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ ކަންތައްތައް ހުރި ކަމަށެވެ.

"ޔާމީނާ އެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ." ދެ ރައީސުން ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު ވެސް އެމްޑީޕީ އިން ކުރިން މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ އެ އެ ހައްލު، އެ މަގު ހޯދޭނެހެން." ސޯލިހް ވިދާޅުވި އެވެ.