Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ލިވާތަކީ ތަބީއީ ކަމެއް؛ ހަގީގަތެއްތޯ؟

ސުވާލު:

އަޅުގަނޑަކީ އެއް ޖިންސުން ގުޅުން ހިންގާ މީހަކީމެއް ނޫނެވެ. ނަމަވެސް، އިސްލާމް ދީނުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ހަރާމް ކަމަކަށްވީ ހިނދު، މުޖުތަމަޢުގައި އެއްޖިންސުން ގުޅުން ހިންގައި އެދުން ފުއްދަމުން އަންނަ ފަރާތްތަކާ މެދު އަޚްލާޤީ ނަޒަރުން ބަލާއިރު އެބައި މީހުންނަށް ވާނެ ގޮތަކާ މެދު އަޅުގަނޑު ވިސްނަމެވެ.

އެބައި މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން ބުނާ ގޮތުން ނަމަ، އެއީ ތަބީޢީ ކަމެކެވެ. އެބައި މީހުން ދުނިޔެ އަށް އުފަންވީ އިރު ވެސް އެ މީހުންގެ ފިޠުރަތުގައި ވަނީ އެކަން ލައްވަވާފަ އެވެ. ވީމާ، އެބައި މީހުންގެ އެ ބުނަނީ ތެދެއް ކަމުގައި ބަލައި ފިނަމަ، އަދި އިސްލާ މްދީން އެކަން ނަހީކޮށްފައިވާތީމެ، އެ މީހުންނަށް އެކަން މަނާކުރެއްވުމުގެ ސަބަބުން އެކަމުން މަޙްރޫމުވެ، ޖިންސީ ގޮތުން އެބައި މީހުން ފޫހިވާ ގޮތަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުން އެގޮތުގައި ލެއްވީ ކީއްވެ ހެއްޔެވެ؟

ޖަވާބު:

الحمد لله
އެބައި މީހުން އެއްޖިއްސުން ގުޅުން ހިންގުމަކީ އެއީ ތަބީޢީ ކަމެކޭ އެމީހުން އެ ބުނާ ބުނުމަކަށް އެއްބަހެއް ނުވެވޭނެ އެވެ. އަދި ކިޔެއް އެއީ ތަބީޢަތާ ޚިލާފު ގޮތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންގެ ޢަމަލުތަކަކީ އަޚްލާޤީގޮތުން ދަށް ބޮޑުވެގެންވާ ފާފައެއްކަން ބަޔާން ކުރައްވާފަ އެވެ. އަދި ލޫޠު ޢާލައިހިއްސަލާމްގެ ޤައުމުގެ މީސްތަކުންގެ ތެރެއިން އެއްޖިންސުން ގުޅުން ހިންގުމުގެ ފާފަ ހިންގަމުން އައި މީހުންނަށް ވަނީ އެނޫން އެއްވެސް ޤައުމެއްގެ ބައެއްގެ މައްޗަށް ނުފޮނުއްވާ ފަދަ ވަރުގަދަ ޢަޛާބު ފޮނުއްވާފައެވެ. އަދި ﷲ ތަޢާލާ އަންގަވާފައިވަނީ، ފާފައިގެ އަހުލުވެރިންނާއި ޢަޛާބު ގާތްވެގެންވާ ކަމުގަ އެވެ.

އެބައި މީހުންގެ އެ ވާހަކަތަކީ، ފާފަތަކާއި މުންކަރާތްތައް ޢާއްމުކޮށް ފެތުރުމަށާއި އެބައީމީހުން އެފާފަ ކުރުމަށްޓަކައި ދައްކާ ބަހަނާއެކެވެ. އޭގެ ތެރެއިން ގިނަ ބަޔަކު، އެކި އެކި ގޮތްގޮތުން އެބައި މީހުންގެ ސިފަ ބަދަލުކުރެ އެވެ. އެހެނެއް ކަމަކު އެއީ އެބައި މީހުން އުފެއްދެވި ގޮތޭ ބުނާނީ ކިހިނެއް ހެއްޔެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުންނަށް އަދަބު ދެއްވުމަށްޓަކައި ނުވަތަ އަނިޔާކުރެއްވުމަށްޓަކައި ދުނިޔެއަށް ނުފޮނުއްވަ ތެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށެވެ. އެހެނެއް ކަމަކު، މި ދުނިޔެމަތީގައި އެކި ކަހަލަ މުޞީބާތްތަކައި ދަތި އުދަގޫތަކުން، އިންސާނާގެ އީމާންކަން އިމްތިޙާން ކުރައްވަތެވެ. އެއީ، އެކަންކަމަށް ކެތްތެރިވުމުގެ ސަބަބުން އިންސާނާގެ ފާފަތައް ފުއްސަވައި ދަރަޖަ މަތިވެރިވެރި ކުރެއްވުމަށެވެ.

މީހާކު ފާފަކުރުމަށް މަޖުބޫރުކޮށްގެން އެކަމުގެ ޢަޛާބު އޭނާއަށް ދެއްވުމަށް ވުރެ، ﷲ ގެ ޢަދުލުވަންތަކަންމާ ބޮޑެވެ. (އެބަހީ އެއިލާހުގެ ޢަދުލުވަންތަކަމުގެ ސަބަބުން އެއްވެސް އަޅަކަށް އެއްވެސް ބާވަތެއްގެ އެއްވެސް މިންވަރެއްގެ އަނިޔާއެއް މިންވަރު ނުކުރައްވާނެ އެވެ.) މިއާއި ޚިލާފަށް، މީސްތަކުން ފާފަތަކަށް އަރައިގަންނަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގަ އެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުންވެސް މިފަދަ އެވެ. އެކަމުގެ ސަބަބުން އެބައި މީހުންގެ މައްޗަށް ޢަޛާބު ޙައްޤުވެގެންވެ އެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَلَا يَظْلِمُ رَبُّكَ أَحَدًا ﴿الكهف٤٩﴾

މާނައީ: “ކަލޭގެފާނުގެ ރައްބު އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿ لأعراف ٢٨﴾

މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ. ފާޙިޝް ކަމަކަށް ހަމަކަށަވަރުން، ﷲ ޢަމުރެއް ނުކުރައްވަތެވެ. ތިޔަބައި މީހުންނަށް އެނގިގެން ނުވާ އެއްޗެއް ﷲ އާމެދު ބުނަނީ ހެއްޔެވެ؟”

ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

ޖަވާބު ދެއްވީ: ޝައިހް މުހައްމަދު ޝާފިއު