Last Updated: July 8, 21:12
Thursday, July 9, 2026
ޚަބަރު

މުދާ ކްލިއަކޮށް ދިނުން 24 ގަޑިއިރަށް ބަދަލުކޮށްފި

ވައިގެ މަގުން ގެންނަ މުދާ ކްލިއަ ކުރުމަށް ކަސްޓަމްސްއިން ދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

ކްލިއަރެންސްގެ ހިދުމަތް މިހާތަނަށް ދެމުން އައީ 18 ގަޑިއިރަށް ނަމަވެސް މިހާރު އެކަން 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަސްޓަމްްސް އިން ނެރުނު އިއުލާނެއްގައި ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރި ކަންކަމުގެ ތެރޭގައި ޑެމަރޭޖް ނާރާ ގޮތަށް ފްރީކޮށް އޮންނަ 80 ގަޑިއިރު 124 ގަޑިއިރަށް ބަދަލުކޮށް ދޭން ވެސް އެދިފައިވެ އެވެ.

އެހެންވެ އެ ބަދަލު ވެސް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވަނީ ވިޔަފާރިތަކަށް ފަސޭހަ ކުރުމަށްޓަކައި އެއާޕޯޓާއި ސީޕޯޓްގައި ހުރި ދަތިތައް ހައްލުކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.