އަންނަ މަހުގެ ފަހުކޮޅު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ދޯދި" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ މުޅިން އާ ޓީމަކުން ވަރަށް އާ މޫނުތަކެއް ވެސް ހިމަނައިގެން ގެނެސްދޭ ފިލްމެކެވެ.
އަންނަ މަހުގެ 28 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ދޯދި" އަކީ ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެފާޑް މޯލްޑިވްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޒުވާން ޑައިރެކްޓަރު މޮވަނު ޝަފީގެވެ. "ދޯދި" އަކީ އޭނަގެ ފުރަތަމަ ފީޗާ ފިލްމު ނަމަވެސް މޮވަނު ކުރިން ދެ ކުރު ފިލްމު ގެނެސްދީފައިވެ އެވެ. އެއީ 2022 ގެ "އިނދަ" އާއި "ފަޅު" އެވެ.
"ދޯދި" "ދޯދި" ގެ މައިގަނޑު ކާސްޓުންނަކީ އަލަށް ތައާރަފުކުރާ ލާނާ ޖަލީލާއި އައިމިނަތު އިންނަ އާއި ޝަަހުދާން ޝަރީފެވެ. މީގެ އިތުރު ކާސްޓަށް ބަލާ އިރު ފެންނާނެ އިތުރު އާ މޫނުތަކުގެ ތެރޭގައި އަހުމަދު ޝަރީޝް އާއި ޝުބްހަތު ފާތުމަތު ޝަކީބާއި އަހުމަދު އިޔާސް ހިމެނެ އެވެ.
ގިނަ އާ މޫނުތަކެއް ފެންނާނެ "ދޯދި" އިން ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ވާޝިޔާ މުހައްމަދާއި އާމިރާ އިސްމާއީލް ހިމެނެ އެވެ.
"ދޯދި" އަކީ އަންނަ އަހަރު އަޅުވާނެ ދެވަނަ ފިލްމެވެ. އަންނަ އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 7 ގައި ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ އަލީ ސީޒަންގެ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 1" އެވެ،