Last Updated: July 8, 21:12
Thursday, July 9, 2026
ޚަބަރު

ދިރާސީ އަހަރު ނިމި، ދަރިވަރުން ބޮޑު ޗުއްޓީ އަށް

އައްޑޫ މަރަދޫ ސްކޫލްގެ ދަރިވަރުންތަކެއް މިއަދު ރިޕޯޓް ފޯމާ އެކު.

މި އަހަރުގެ ދިރާސީ އަހަރު ނިމި، ދަރިވަރުންނަށް މިއަދު ބޮޑު ޗުއްޓީ ފެށިއްޖެ އެވެ.

ދަރިވަރުންނަށް މިއަދު ސްކޫލްތަކުން ވަނީ ރިޕޯޓް ފޯމު ހަވާލުކޮށްފަ އެވެ. މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ އޭޕްރީލް މަހުގެ 7 ގަ އެވެ. މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84،000 އެއްހާ ދަރުވަރުން ކިޔެވި އެވެ.

ބޮޑު ބަންދަށް ފަހު އަންނަ ދިރާސީ އަހަރު ފަށާނީ އަންނަ މަހުގެ 27 ގަ އެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭ އިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޮގަސްޓް 1 ހަމައަށެވެ.